Thursday, May 2, 2013

ހިތްހަމަނުޖެހި ރުޅިއައިސްގެން އަންނަ މީހާ ހަމަޔަކަށް އެޅުވުމަށް ކުރެވިދާނެ 8 ކަމެއް



1. ފުރަތަމަ އަޑުއަހާށެވެ. އެއަށްފަހު އަޑުއިއްވާށެވެ. މައްސަލައިގެ ރުޅި އައިސްގެން އުޅޭ ފަރާތުން ދައްކާ ވާހަކަ ނުނިމެނީސް ހައްލުކުރަން ނުވަތަ ސަބަބުދައްކަން އުޅުމުގެ ބަދަލުގައި އެމީހާއަށް ފުރިހަމަ ސަމާލުކަންދީ އެމީހާ ދައްކާވާހަކަ އަޑުއަހާށެވެ. އެފަދަ މީހަކަށް މިގޮތަށް ހާމަކުރަން ފުރުސަތު ލިބުމުން އެމީހަކު ރުޅިމަޑުވެ ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް އައިސް ކަމުގެ ހައްލުހޯދަން ފަސޭހަވާނެއެވެ.
2. ޒާތީކޮށް ނުނެގުން: ހިތްހަނުޖެހި ރުޅިއައިސްގެންޚިދުމަތް ހޯދަން އަންނަ މީހަކު ނުވަތަ އެނޫންމީހެއްވެސް ވާހަކަދައްކާނަމަ އެއީ އެމީހާގެ އިހްސާސްތައް ހާމަކުރަނީކަމާއި އެކަމުގައި ތިމާ ޒާތީ ނުވުމަށް އިސްކަން ދޭންވާނެއެވެ. އެމީހާއާ އެއްވަރަށް ތިމާ ރުޅިއައިސްފިނަމަ ހާލަތު ކޮންޓްރޯލުން ނައްޓާލައި އިތުރަށް ގޯސްވާނެކަން ދަންނަންވާނެއެވެ.
3. އިޙްތިރާމް ކުރުމާއި އޯގާވެރިކަން އިސްކުރުން: ކުށްވެރިއަކަސް ގޯސްމީހަކަސް އިހްތިރާމާއި އޯގާވެރިކަމާއިއެކު މުޢާމަލާތްކުރުމުން ހަމަޖެހި އަދި ތިމާދައްކާ ހައްލުތައް ނުވަތަ ސަބަބުތައް ގަބޫލުކުރަން އެމީހަކަށް ފަސޭހަވާނެއެވެ.
4. ތެދު ބަހުން ވާހަކަދެއްކުން. ކަމެއް ކޮންދެވެން ނެތަސް ހަގީގަތަށް އެކަން ބަޔާންކޮށްފިނަމަ ހިތްހަމަނުޖެހުނަސް ގިނަމީހުން އެކަމެއް ބަލައިގަތުން ކައިރިއެވެ. އަދި އެއެދޭ ކަމެއް ކުރުމުގައި އޮގަނައިޒޭޝަނަށް ދަތިކަމެއް އޮތްނަމަ އެކަންވެސް ހިއްސާކުރުން މުހިއްމެވެ. އެއާޚިލާފަށް ހަފްތާއަކުން ނިންމެތް އޮއްކަމެއް މާދަން ނިންމާނަމޭ އަންނާށޭ ބުނެ އޮޅުވާލުމުން އެޖެހޭ ތަކްލީފްތަކުންޚިދުމަތް ހޯދާމީހާ ރުޅިގަދަވެ ތަނާދޭތެރޭ ކުރާ އިތުބާރު ގެއްލިދެއެވެ.
5. ތިމާގެ ފަރާތުން ގޯހެއް ހެދިފައިވާނަމަ މާފަށް އެދުން: މާފުކުރުމާއި މާފުދިނުމަކީ މައްސަލައަށް ތެދުވެރި ހައްލެއް ގެނައުމަށް ހުޅުވޭ ދޮރެކެވެ. މިފަދަ ހާލަތެއްގައި ތިޔަ ފަރާތަށް ޖެހިގެން އުޅޭ މައްސަލަ ސާފުވެއްޖެކަމާއި އެމައްސަލަ (ވަކި މައްސަލައެއް ބަޔާންކޮށް) އެއް ޖެހުމުން އެކަމާ ދެރަވާ ކަމަށް ދަންނަވައި ހައްލުތަކެއްހުށަހެޅިދާނެއެވެ.
6. ހައްލު ހުށަހެޅުން: މިކަމަށް ދެ ގޮތަކަށް އަމަލުކުރެވިދާނެއެވެ. އެއް ގޮތަކީ ޖެހިގެން އުޅޭ މައްސަލަ ހައްލުކުރެވިދާނެ ގޮތެއް ތިމާގެ ފަރާތުން ހުށަހެޅުމެވެ. އަނެއް ގޮތަކީ ތިމާ ހުށަހެޅި ހައްލު ރުޅިއައިސްގެން އުޅޭ ފަރާތަށް ކަމު ނުދާނަމަ އޭނާގެ ފަރާތުން އެމައްސަލަ ހައްލުކުރުމަށް ގޮތެއް ހުށަހެޅުމަށް ފުރުސަތު ދިނުމެވެ. މިގޮތުން ވާހަކަ ދައްކައިގެން ދެފަރާތުން އެއްބަސްވާ ހައްލަކާއި ހަމަޔަށް އާދެވިދާނެއެވެ. މިކަމުގައިވެސް ސަމާލުކަން ދޭންވީ ކުރިންވެސް ދެންނެވި ފަދައިން ތިމާއަށް ކޮށް ނުދެވޭނެކަމެއް ކޮށްދެވޭނެކަމަށް ބުނެ އެމީހާ ރުއްސަން އުޅުމެވެ.
7. ވާނުވާ ބެލުން: ރުޅިއައިސްގެން އުޅޭ މީހާގެ މައްސަލަ ހައްލުކުރުމަށް ވާހަކަ ދެއްކުމަށްފަހު އެމައްސަލަ ހައްލުވީތޯއާ އެހައްލުވި ގޮތާބެހޭގޮތުން އެމީހަކު ދެކޭ ގޮތް ހޯދުން މުހިއްމެވެ. އަދި ޚިދުމަތް ރަގަޅުކުރުމާއި ބެހޭގޮތުން އެފަރާތްތަކުން ދެކޭގޮތާއިބެހޭ ގޮތުން ޚިޔާލު ހޯދައި އެކަންކަމުގެ އަލީގައި ޚިދުމަތް ބައްޓަންކުރަން ސަމާލުކަން ދޭންވާނެއެވެ.
8. ކުރެވުނު ތަޖްރިބާގެ އަލީގައި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުން:  ގޯހެއް ހެދުމުން މާފުކުރެވިދާނެއެވެ. އެކަމަކު ހަމަ އެގޯސް ތަކުރާރުކުރުމަކީ މާފުވެވޭނެކަމެއް ނޫނެވެ. އޮގަނައިޒޭޝަނަކަށް ބެލުމުންވެސް ކުރިން ދިމާވި ހާލަތްތަކުގައި އޮފީހުގެ ފަރާތުން ރަގަޅުކުރަންޖެހޭ ކަމެއް އޮތްނަމަ އެކަމެ ރަގަޅުކުރަން އިސްކަން ދޭށެވެ. މިގޮތުންޚިދުމަތް ހޯދާ މީހާ ބޭނުންވާ ގޮތާ ތިމާ ޚިދުމަތް ދޭގޮތާއި ހުރި ދުރުމިން ބަލައި އެ ކައިރިކުރަން ކުރަންވީ ކަންތައް ދެނެގަތުން: މިސާލަކަށްޚިދުމަތް ދިނުމަށް ކަނޑައަޅާ މުއްދަތު، ޚިދުމަތުގެ ކޮލިޓީ، މިންވަރު، ޚިދުމަތުގެ މައުލޫމާތު ޚިދުމަތް ހޯދާ މީހުންނަށް ފޯރުކޮށްދެވިފައިވާ ގޮތް ފަދަ ކަން ބަލައި އިސްލާހުކުރުން.

No comments:

Post a Comment

ޚިދުމަތެއް ފޯރުކޮށްދޭވޭނެ އެންމެ ރަގަޅު އެންމެ ޚަރަދު ކުޑަގޮތް ހޯދުން

ޚިދުމަތެއް ރަގަޅަށް މޮޅަށް ދޭށޭ ތަނަކުން ބުނާއިރު އެކަމާ ހަވާލުވެފައިތިބޭ ވެރިންނާއި ތިބި މުވައްޒަފުން އެންމެ އަވަހަށް އެތަނެއްގެ މެ...