Thursday, May 9, 2013

އުފެއްދުމެއް ޕްރޮމޯޓް ކުރުމުގެ ކުރިން އުފެއްދުން ކަޑައްތުކުރާ މަރުހަލާ ދެނެގަތުން


ޚިދުމަތް ހޯދާފަރާތްތަކުގެ މެދުގައި އުފެއްދުމެއް ނުވަތަ ޚިދުމަތެއްގެނަންމަތިކޮށް މަޤުބޫލު އެއްޗަކަށް ހެދުމަށް (Promote) ގޮތެއް ކަނޑައަޅުމަށްޓަކައި މިހާރު ވިއްކަން ނުވަތަ ދޭން އުޅޭ ޚިދުމަތް އެއީ ކޮން މަރުހަލާއަކަށް (product life cycle) ފެތޭ އެއްޗެއްތޯ ބެލުން މުހިއްމެވެ.  އުފެއްދުމެއް ނުވަތަ ޚިދުމަތެއް 4 މަރުޙަލާއެއް ކަޑައްތު ކުރެއެވެ. އެއީ



 
1. ތަޢާރަފްވުން: މިސްޓޭޖްގައި ވިޔަފާރި ދައްކޮށް ހުރުމާއިއެކު މާގިނަ ޚިދުމަތް ހޯދާ ފަރާތްތަކަކުން އެއުފެއްދުމެއް ނުވަތަ ޚިދުމަތެއް ހޯދުމަކަށް ނޫޅޭނެއެވެ. (ތްރީޑީ ޓީވީ، ގްރީން ޓެކްނޮލޮޖީސް)
2. ހެދިބޮޑުވުން: ވިޔަފާރި ހަލުވި ސްޕީޑެއްގައި ކުރިއަށްދާކަން ފާހަގަކުރެވޭނެއެވެ. ގިނަ ޚިދުމަތް ހޯދާފަރާތްތަކަށް އުފެއްދުން އެނގި ފައިދާ އިތުރުވެ އަދި މިސްޓޭޖްގެ ފަހުއަހަރުތަކުގައި އެހެން ކުންފުނިތަކުން އެޚިދުމަތް ބާޒާރު ކުރުމަށް ޝައުޤުވެރިކަން ދޭންފަށާނެއެވެ. (ސްމާރޓް ފޯން، އިންޓަރނެޓްގެ ޚިދުމަތް)
3. ތަސައްރަފުފުދުން: ސިނާޢަތުގެ ފައިދާ އާއި ވިއްކޭތަކެތި އެއްވަރެއްގައި ހިފެހެއްޓެން ފަށާނެއެވެ. މިސްޓޭޖަކީ މުޅިއިންޑަސްޓްރީއަށް އެންމެ ބޮޑުފައިދާއެއް ވާނެ ދުވަސްވަރެވެ. ހަމައެއާއެކު އުފެއްދުންބާވެއްޖެކަމުގެ ސިގްނަލްވެސް މިސްޓޭޖްގެ ފަހުކޮޅު ޚިދުމަތް ހޯދާފަރާތްތަކުން ލިބިގެންދާނެއެވެ. (މޯބައިލް ފޯންގެ ކުރީގެ މޮޑެލްތައް، )
4. ދަށަށްދިއުން: ވިއްކޭތަކެތީގެއަގު ދުވަހެއް ދުވަހަކަށް ދަށަށްގޮސް އެއުފެއްދުމުގެ ބަދަލުގައި އެހެންއުފެއްދުންތަކެއް ބާޒާރަށް ތަޢާރަފްވެ ޚިދުމަތް ހޯދާ ފަރާތްތައް އެދިމާއަށް އެނބުރެއެވެ. (ގަޑި،  ޕްރިންޓް މޭގަޒިން

No comments:

Post a Comment

ޚިދުމަތެއް ފޯރުކޮށްދޭވޭނެ އެންމެ ރަގަޅު އެންމެ ޚަރަދު ކުޑަގޮތް ހޯދުން

ޚިދުމަތެއް ރަގަޅަށް މޮޅަށް ދޭށޭ ތަނަކުން ބުނާއިރު އެކަމާ ހަވާލުވެފައިތިބޭ ވެރިންނާއި ތިބި މުވައްޒަފުން އެންމެ އަވަހަށް އެތަނެއްގެ މެ...